Sunday, May 18, 2014

             ޝައުޤުވެރިކަމާ ގުޅޭ ތިއަރީތައް

ކަމަކަށް ޝައުޤުވެރި ވުމަކީ ވަކިކަހަލަ ކަންތައްތަކެއް ޙާޞިލްކުރުމަށް ބޭނުންވުން ނުވަތަ ވަކިކަމަކަށް ގަޔާވުން ހިތުގައިއުފެދުމެވެ. ޝައުޤުވެރުކަމަކީ ވަކިކަމެއް ނުވަތަ ލަނޑުދނޑިއެއް ޙާޞިލްކުރުމަށްޓަކއި އެދިމާއަށް ކުއްޖާ އަމާޒުކުރުވާ އެކަމަށް ބާރުފޯރުވާ، އެކަން ޙާޞީލް ކުރުމަށް ތަފާތު ކަންތައްތައް ކުރުވާ ބާރެކެވެ. ކިޔަވައިދިނުމުގައި ދަރިވަރުންގެ ސަމާލުކަން ހޯދުމަށްޓަކައި ފިލާވަޅު ޝައުޤުވެރި ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ޝައުޤުވެރިކަން އުފެދި ފާޅުވާ ގޮތާމެދު އެކި ތިއަރިސްޓުން ދެކޭގޮތް ތަފާތެވެ. އެގޮތުން ބިހޭވިއަރިސްޓުންގެ ނަޒަރިއްޔާގައި މީހުންގެ ކިބައިން ފެންނަ ޝައުޤުވެރިކަން ގުޅުވާލެވިފައިވަނީ ތަރުހީބުދިނުމާއި ހިތްވަރުދިނުމުގެ މައްޗަށެވެ. ކުދިންކުރާ ރަނގަޅު ކަންތައްތައް ތަކުރާރު ކުރުމުގެ ޝައުޤުވެރިކަން އުފެއްދުމަށްޓަކައި އެކުދިން ކުރާ ކަންތައްތަކަށް ތަރުހީބުދީ ހިތްވަރު ދޭންޖެހެއެވެ.  މިނަޒަރިއްޔާގައި ފާހަގަކޮށްފައިވާ "އޮޕަރަންޓް ކޮނޑިޝަނިން" ނުވަތަ ސުލޫކުވަކި ގޮތަކަށް ބަދަލުކުރުން ގުޅިފައިވަނީ ހިތްހަމަޖެހޭ ކަންކަމާއި ގުޅިގެން ކުރެވިފައިވާ ތަޖުރިބާތަކުގެ މައްޗަށެވެ. މިސާލަކަށް އިސްލާމް ކިޔަވާހިތްވުމާއި ނުވުން ކުރިން ކުރެވިފައިވާ ތަޖްރިބާއެއްގެ މައްޗަށް ބަލާފައި ބަދަލުއާދެއެވެ.
ސޯޝަލް ކޮގްނަޓިވް ތިޔަރީގައި ކަންކަން ދަސްކުރާނީ ތިމާ ވަށައިގެންވާ މާހައުލުން ކަންތައްތައްް ބަލައިގެން ،ނަކަލުކޮށްގެން، ފެނިގެން ނުވަތަ  މީހުންގެ ތަޖުރިބާތައް އަޑުއަހައި ދެނެގަނެގެންނެވެ.  މިގޮތައް ތިމާ ވަށައިގެންވާ މާހައުލުން އުގެނި ދަސްކުރާއިރު އެކަންކަން ގުޅުވާލަނީ ޝައުޤުވެރި ކަމާއެވެ. މިތިއަރީގައި ކުދިންގެ ޝައުޤުވެރިކަން ކަންކަމަށް އުފެދޭ އެއްގޮތަކީ ކުރިންއެހެން މީހަކަށް ކުރެވިފައިވާ ތަޖުރިބާއަކުން ދަސްކުރާ ދަސްކުރުމެވެ. އެކަމުން ވަކި ސުލޫކަކަށް ޝައުޤުވެރިވެ ގަޔާވުން އުފެދެއެވެ. މިސާލަކަށް އާއިލާގެ ދައްތަޔަކު އޯލަވެލްއުން އެއްވަނަ ލިބުމުން ދައްތަޔަށް ލިބުނު އިނާމާއި، އުފާވެރިކަންފެނި ތަޖުރިބާ ކުރެވުމުން، ކޮށްކޮށްވެސް ކިޔެވުމަށް ޝައުޤުވެރިކަން އުފެދި ކުރިޔަށް ވުރެން ރަނގަޅަށް ކިޔެވުމަށް މަސއްކަތްކުރުމަށް އަޒުމްކަނޑައެޅުމެވެ.
ހިޔުމަނިސްޓުން ދެކޭގޮތުގައި އިންސާނުންގެ ޝައުޤުވެރިކަމާއި ގުޅިފައިވަނީ އޭނާގެ ތަފާތު ބޭނުންތަކާއެވެ. މިގޮތުން ޝައުޤުވެރިކަން އިތުރުކުރުމަށްޓަކައި ކުލާސްރޫމުގައި ކުރެވިދާނެ 2 ކަމެއް މިތިއަރީގައި ފާހަގަ ކޮށްފައިވެއެވެ. އެއީ ދަރިވަރާއި މުދައްރިސުގެ ހަރުދަނާ ގުޅުމާއި އަދި ކުލާހުގެ މާހައުލުގެ ހަރުދަނާކަމާއި ރަނގަޅުކަމެވެ. މިއީ ކޮންމެ ޓީޗަރަކަށްވެސް ކުދިންގެ ޝައުޤުވެރިކަން ހޯދުމަށް ކުރެވިދާނެ ކަންކަމެވެ.
ކޮގްނިޓިވް ނަޒަރިއްޔާތުގައި ޝައުޤުވެރިކަން ގުޅިފައިވަނީ މީހުން ޤަބޫލުކުރާ ކަންކަމާއި، ޙާސިލްކުރުމަށް ބޭނުންވާ ލަނޑުދަނޑިތަކާއި އަދި ވިސްނުން ކަނޑައެޅިފައިވާ ގޮތުގެ މައްޗަށެވެ. މިތިއަރީގެ ދަށުންއަންނަ ތަފާތު 4 ތިއަރީއެއް ވެއެވެ. އެއީ އެކްސްޕެކްޓެންސީ، ސެލްފް އެފިކަސީ، ގޯލް އެން ގޯލް އޮރިއެންޓޭޝަން އަދި އެޓްރިބިއުޝަންއެވެ.


Saturday, May 17, 2014

          
       
 ކޮންސްޓްރަކްޓިވިސްޓް އުސޫލުތައް

ސައިކޮލަޖިސްޓުން ކޮށްފައިވާ ގިނަ ދިރާސާތަކަކީ ވަކި ދާއިރާއަކަށް ނުވަތަ ވަކި ކަމަކަށް ޚާއްޞަކޮށް ކުރެވިފައއިވާ ދިރާސާތަކެކެވެ. މިދިރާސާ ތަކުގެ މައްޗަށް ގިނަ ތިއަރީތަކެއް އުފެދިފައިވެއެވެ. ނަމަވެސް ކޮންސްޓްރަކްޓިވިސްޓްއަކީ ކުރީގެ ތިއަރީތަކުގެ މައްޗަށް އުފެދިފައިވާ އުސޫލުތަކެކެވެ. މިތިއަރީއަށް ބޮޑަށް ނުފޫޒު ފޯރުވާފއިވަނީ ކޮގްނެޓިވް ތިއަރީގެ ބައިތެކެވެ. ކޮންސްޓްރަކްޓިވިސްޓް ގައި ބޮޑަށް ވާހަކަ ދެކެވިފައިވަނީ ކުއްޖާގެ ވިސްނުމަށް އަންނަ ދަލުތަކުގެ މައްޗަށެވެ. މިތިއަރީގައި ބުނާގޮތުން ނޮލެޖަކީ ކުއްޖާ އަމިއްލައަށް ބިނާކުރާ އެއްޗެކެވެ. ދަރިވަރުން މައުލޫމާތު ދެނެގަންނަނީ ކުރިން އެގިފާ ހުރި އެއްޗަކާގުޅުވައި އެއްކޮށްލައިގެންނެވެ. މިތިއަރީގެ ޢިލްމުވެރިން ދެކޭ ގޮތުގައި އުނގެނުމަކީ މީހެއްގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ އެއްޗެއްނޫނެވެ. އުގެނުން ބިނާވަނީ ދަރިވަރުން އުފެދިބޮޑުވާ މަރުހަލާތަކާއި ގުޅޭގޮތުން ވިސްނޭ ވިސްނުންތަކާެއި ކުދިންގެ ވަށައިގެންވާ މާހައުލުން ބަދަލުކުރެވޭ އިޖުތިމާޢީ ހަރަކާތްތެރިކަމުގެ މަށްޗަށަވެ. ކޮންސްޓްތަކްޓިވިޒްމެ ގޮތްތައް ކުލާހުގައި ގެންދާނަމަ ކުލާހުގެ ކިޔެވުން ބިނާވާނީ ސުޑޫޑެންޓް ސެންޓާރޑްގެ މައްޗަށެވެ. މީގާ ކިޔަވައިދޭނީ ކުދިންގެ ބައިވެރިވުން ހިމެނޭ ގޮތަށެވެ. އުނގެނޭނީ އެކުދިން އަމިއްލައަށް ކަންކަން ބަލާ ހޯދާ އެކްސްޕީރިއަންސް ކޮށްގެންނެވެ. ޓީޗަރުގެ ދައުރަކީ ދަރިވަރުންނަށް ގައިޑް ކޮށްދިނުމެވެ. ކޮންސްޓްރަކްޓިވިޒަމްގެ އުސޫލުތަކަކީ ކިޔަވައި ދިނުމުގައި ބޭނުންކުރެވިދާނެ ފައިދާ ބޮޑު ގޮތްތަކެކެވެ.  

Thursday, May 15, 2014

ސޯޝަލް ކޮގްނަޓިވް ތިޔަރީގެ އަލީގައި އުނގެނުން


 މިތިޔަރީއަކީ ކޮގްނެޓިވް ތިއަރީއާއި ބިހޭވިއަރަލްތިއަރީ އެކުވެގެން އެދެތިޔަރީގެ މެދުން އުފެދިފައިވާ ތިޔަރީއެކެވެ. ބަންދޫރާ ފާހަގަ ކުރާގޮތުގައި އުނގެނުމަކީ މާހައުލުން ގެންދެވޭ މަޢޫލަމާތު ބަދަލުކޮށް ސިކުޑީގައި އެކުމާއި ގުޅޭގޮތުން އުފައްދާ އަސަރަކުން ސުލޫކު ވަކިގޮތަކަށް ބަދަލުވުމުވެ. މިތިއަރީގައި ބަންދޫރާ ފާހަގަކުރާ މައިގަނޑު ކޮންސެޕްޓަކީ "ރެސިޕްރޯލަކުން ރިލޭޝަންޝިޕް" ނުވަތަ ގުޅިލާމެހިފައިވާ ގުޅުން މިއެވެ. މިކޮންސެޕްޓުގައި އެއްބަޔެއް އަނެއްބަޔަކާ ގުޅިލާ މެހިފައިވާ ތިން ބަޔެއްވެއެވެ. އެއީ ސުލޫކާއި މާހައުލާއި އަމިއްލަ ނަފްސުގެ އަސަރު ނުވަތަ އަމިއްލަ ވިސްނުމެވެ. ސުލޫކަށް އަންނަ ބަދަލުތައް އަންނަނީ މާހައުލުގެ ސަބަބުން ނުވަތަ މާހަލުން ކުރާ އަސަރުތަކުންނެވެ. މިތިޔަރީގައި ދަރިވަރުންގެ ސުލޫކަށް އަސަރުކުރުވާ ނުވަތަ ދަރިވަރުން އުނގެނޭ ގޮތްތަކަކީ އެހެންމީހުންގެ ކޮޕީކޮށްގެން ނުވަތަ މޮޑެލްކޮށްގެންނެެވެ. މޮޑެލިން  ނުވަތަ ނަމޫނާ ބެލުމަކީ ކުދިން ވަށައިގެން އުޅޭ މީހުން ކުރާކަންތައްތައް ބަލައި ކޮޕީކޮށްގެންް އެކަން އެގޮތަށް މޮޑެލް ކުރެއެވެ. ނުވަތަ އެކަން ފެނުނުގޮތަށް ނަކަލު ކުރުމެވެ. އެގޮތުން ދަރިވަރުން އެންމެ ގިނައިން ނަމޫނާއެއް ކަމުގައި ބަލަނީ މައިންބަ ފައިންނާއި ޓީޗަރުންނެވެ. މިސާލަކަށް ގްރޭޑު އެއްކެއްގައި އުޅޭ ކުދިން އެކުދިންގެ މިސްމެން ވަރަށް ބޮޑަށް ކޮޕީކޮށް ހަދައެވެ. އެހެންކުމުން ކިޔަވައި ދިނުމުގައި ދަރިވަރުންނަށް ނަމޫނާ ދެއްކުމަކީ މުހިންމު ކަމެކެވެ. ނަމޫނާ ދެއްކުއްމަކީ ކިޔަވައި ދިނުމުގައި ވަރަށް ކާމިޔާބު ގޮތެއްްކަމުގައި މިކަމުގެ ގިނަ ފަންނުވެރިން ދެކެވަޑައި ގަންނަވައެވެ. 
ކޮގްނެޓިވް ލާނިންގް ތިއަރީގެ އަލީގައި އުނގެނުން

    މިތިއަރީގެ ޢިލްމްވެރިން ދެކިލައްވާ ގޮތުގައި އުނގެނުމަކީ ސިކުޑީގެ މަސައްކަތެކެވެ. އެގޮތުން ވަށައިގެންވާ މާހައުލުންނާއި، ކުރެވޭ ތަޖުރިބާތަކުން އުނގެނުމަށް ވަރަށް ބޮޑު އަސަރު ތަކެއްގެނުވައެވެ. އެގޮތުން މާހަލުން އުނގެނޭ މައުލޫމާތު ގެންގޮސް ސިކުޑީގައި ޖަމާކުރެއެވެ. މިނަޒަރިއްޔާތުގައި އުނގެނުން ގުޅުވާލެވިފައިވަނީ ކުރިން އެނގިފައިވާ އެއްޗެއްގެ މައްޗަށެވެ. މިތިޔަރީ އަކީ ކިޔަވައި ދިނުމުގައި ބޭނުން ކުރެވިދާނެ މުހިންމު ތިޔަރީއެކެވެ. އެގޮތުން ފިލާވަޅެއް ފެށުމުގައި ދަރިވަރުންގެ ޕްރިއަރ ނޮލެޖް ޓެސްޓުކޮށް، ދަރިވަރުންނަށް ފިލާވަޅާބެހޭ ގޮތުން ކުރިން އެނގިފައިވާ އެއްޗަކާ ގުޅުވާލައިގެން ކިޔަވައި ދިނުމުން ފިލާވަޅު ފަހުމުވެ ދެނެގަތުމަށް ފަސޭހަ ވެގެންދެއެވެ. އަދި ވަށައިގެންވާ މާހައުލާއި ފިލާވަޅު ގުޅުވާލާ މިސާލުތައް ދެއްކުމުން ދަރިވަރުންގެ ޝައުޤުވެރިކަށް އުފެދިގެންދެއެވެ.
    މިތިއަރީގެ މައިގަނޑު މޮޑެލަކީ އިންފޮމޭޝަން ޕޮރޮސެސިން (އައި ޕީ އެމް) މޮޑެލްއެވެ.  އިންފޮމޭޝަން ޕޮރސެސިންއަށް ވަށައިގެންވާ މާހަލުން މައުލޫމާތު ވަންނަ ތިންޖާގައެއްވެއެވެ. އެއީ މައުލޫމާތު އަލަށް ރަޖިސްޓްރީ ކުރެވޭތަނާއި (ސެންސަރީ ރެޖިސްޓަރ) މައުލޫމާތު ބޭނުންކުރެވޭ ތަނާއި (ވާރކިން މެމޮރީ) މައުލޫމާތު ދިގުމުއްދަތަކަށް ރައްކާކުރެވޭތަނެ (ލޯންގްޓާމް މެމޮރީ) އެވެ. މިމޮޑެލްގައި އެއް ޖާގައިން އަނެއް ޖާގައަށް މައުލޫމާތު ބަދަލު ކުރެވޭނީ ސަމާލުކަންދީގެން، އަމިއްލަވިސްނުމަށް އެނގިފައިވާ ކަމަކާއި ގުޅުވައިގެން، ކިޔާތަކުރާރުކޮށް މުރާޖާކޮށްގެން ނުވަތަ ހަނދާނަށް ގެނެސްގެންނެވެ. މިސާލަކަށް ފިހާރައިން ބެލި ގަމީހުގެ އަގު އަލީ ހަނދާނުގައި އެބަހުއްޓެވެ. ނަމަވެސް ހަމައެފިހާރައިން ބެލި ސޯޓުގެ އަގެއް ހަނދާނަކަށް ނައެވެ. އަލީއަށް ވީގޮތަކީ ގަމީހާ މާގަޔާވެ އެގަމީހަށް ޝައުޤުވެރިކަން ދެވުނީއެވެ.

މިތިޔަރީއަކީ ކިޔަވައި ދިނުމުގައި ބޭނުން ހިފިދާނެ މުހިންމު ތިޔަރީއެކެވެ. މިތިޔަރީގައި ވާފަދައިން މުދައްރިސުންފަހަރަކު ބައެއް ހަނދާން ކޮށްދެމުން ކިޔަވައިދޭނަމަ، ކިޔަވައިދޭ އެއްޗެއް ދިގުމުއްދަތެއްގައި ހަނދާނުގައި ހުންނާނެއެވެ.


Thursday, May 8, 2014

            ބިހޭވިއަރަލް ލާރނިން ތިއަރީގެ އަލީގައި އުގެނުން

އުނގެނުމަކީ ވަށައިގެންވާ މާހައުލުން ނުވަތަ ތަޖްރިބާއަކުން ކުރުވާ އަސަރެއްގެ ސަބަބުން ތިމާގެ ސުލޫކަށް ނުވަތަ ޢިލްމަށް ނުވަތަ ބޭރުފުށުގެ ޢަމަލަށް ގެނުވާ ދާއިމީ ބަދަލެކެވެ. އަދި އުނގެނުމުގެ ނަތީޖާއެއްކަމުގައި ވާކަމީ މީހާގެ  ސުލޫކަށް އަންނަ ބަދަލެކެވެ. މިހެންކަމުން މިނަޒަރިއްޔާތުގައި ފާހަގަ ކުރެވޭ ގޮތުގައި އިންސާނުންގެ ސުލޫކަށް އަންނަ ބަދަލުތަައް ގުޅިފައިވަނީ އޭނާގެ މާހައުލުގައި ކުރާ ތަޖްރިބާތަކާއި ހިއްސާކުރާ ހިއްސާކުރުންތަކާއެވެ. މިތިއަރީގެ މައިގަނޑު ކޮންސެޕްޓު ގުޅިފައިވަނީ 3 ލަފްޒަކާއެވެ. އެއީ ސްޓިމިލަރ، ބިހޭވިއަރ، ރެސްޕޯސްއެވެ. އެއީ އުނގެނޭ ފަރާތުގެ (ބިހޭވިއަރއަށް) އޭނާ އުޅޭ މާހައުލުން ކުރުވާ އަސަރެއް ނުވަތަ ބާރުފޯރުވާ ކަމެއް (ސްޓިމިލަރ) އަދި އެކަމުގެ ސަބަބުން ސުލޫކަށް ނުވަތަ ވިސްނުމަށް އަދި ބިހޭވިއަރއަށް ކުރުވާ އަސަރާއެކު ފާޅުވެ ހާމަވާ ކަމެކެވެ. (ރެސްޕޯންސް) މިއީ ސްޓިމިލަރއާއި ގުޅިގެން އޭނާގެ ފަރާތުން ހާމަވާ ސުލޫކު ކަމުގައި ބެލެވިދާނެއެވެ.
ކުރީގެ އުނގެނުން ޝަރަހަކޮށްދިނުމުގެ ނަޒައްރިއްޔާތައް:

1. ކްލެސިކަލް ކޮޑިޝަން: މިއީ ވަކި ގޮތަކަށް ހޭނުވުމެވެ. އުނގެނުމުގެ މިނަޒަރިއްޔާ އެންމެ ފުރަތަމަ ދެނެގަތް ފަރާތަކީ 1920 ގެ އަހަރުތަކުގައި އިވަން ޕަވްލޯފްއެވެ. މިމޮޑެލްގައި ފާހަގަ ކުރާގޮތުގައި އެލިސިޓިން ސްޓިމިއުލަރ އެއްގެ ސަބަބުން އުގެނުން ހިނގާނެއެވެ. ޚާއްސަގޮތެއްގައި މިމޮޑެލްގައި އަންގައިދެނީ ދެސްޓިމިއުލީއެއް އެކަތި އަނެކައްޗާއި ގުޅިގެން ނަތީޖާ ނުވަތަ ރެސްޕޯންސް ހިނގާގޮތެވެ. އޭނާގެ ތަޖްރިބާތަކުގެ ތެރެއިން އުނގެނުމާއި އެންމެ ގުޅުވާ ލެވިފައިވަނީ ކުއްތާ ބޭނުންކޮށްގެން ހެދި ތަޖްރިބާތަކެވެ.
މިމޮޑެލްއަކީ ކުދިން ވަކި ގޮތަކަށް ތަރުބިއްޔަތުކޮށް ހޭނުމަށްޓަކައި، އެންމެ ތުއްތު އިރުން ސުރެން ބޭނުން ކުރެވިދާނެ ގޮތެކެވެ. އަދި ދަރިވަރުންގެ ކިބައިގައި ވަކި ސުލޫކެއް އަށަގެންނެވުމަށްޓަކައި ކްލާސްރޫގައިވެސް ބޭނުން ކުރެވިދާނެ މުހިންމު މޮޑެލްއެކެވެ. މިސާލަކަށް މުދައްރިސްް ފިލާވަޅު ކިޔާދެމުންދާއިރު 2 ކުއްޖަކު ވާހަކަ ދައްކާނަމަ، ފިލާވަޅު ހުއްޓާ އެދެކުދިންނަށް ބަލާލެވިދާނެއެވެ. މިކަމުގެ ސަބަބުން އެ 2 ކުދިންގެ ސަމާލުކަންލިބި ވާހަކަދެއްކުން ހުއްޓާލާނެއެވެ. އަދި އަބަދުވެސް ކުދިންވާހަކަ ދައްކާނަމަ ފިލާވަޅު ހައްޓާލީމަ ކުދިންގެ ސަމާލުކަން ލިބި ވާހަކަދެއްކުން ހުއްޓޭނެއެވެ.


2. އޮޕްރަންޓް ކޮންޑިޝަނިގް: މި މޮޑެލް ތަޢާރަފު ކޮށްފައިވަނީ 1983 ވަނަ އަހަރު ބޭއެފް ސްކީނާއެވެ. އިންސާނާގެ ސުލޫކުގެ ނަތީޖާއެއްގެ ގޮތުން އޭނާއަށް އިނާމެއް ނުވަތަ އަދަބެއް ލިބޭލިބުމުގެ މަގުން އޭނާއަށް ދަސްވާ ދަސްވުމެވެ. މި ގޮތައް ސުލޫކަށް ބަދަލު ގެނުވާ ދެގޮތެއް ވެއެވެ. އެއީ ރީއިންފޯރސްމެނޓް އާއި ޕަނިޝް މަންޓްއެވެ. ރީއިންފޯރސްމަންޓްގެ ސަބަބުން ވަކިކަހަލަ ސުލޫކެއް ހަރުލެއްވުމަށް ބާރުއެޅެއެވެ. މިސާލަކަށް ކުއްޖަކު ހިސާބުން ފުލްމާކްސް ހޯދުމު އެކުއްޖާއަށް ހިތްވަރުދީ ސާބަސްދިނުމެވެ.  އަދި ޕަނިޝްމަންޓުގެ ސަބަބުން ވަކިކަހލަ ސުޅޫކެއް މަދުވެ ދައްކުރެވެއެވެ. މިސާލަކަށް: ކުޅޭހިތްވާ ކުއްޖަކު، ފިލާވަޅު ނުހެދުމުން ކުޅެންދިޔުމުން މުހުރޫމް ކުރުމެވެ.

Tuesday, March 4, 2014

އުނގެނުމާއި އުގަންނައިދިނުން އަދި ތައުލީމް

              ތަޢުލީމީ ނިޒާމްގެ ތެރެއިން އުނގެނުމާއި އުންގަންނައި ދިނުމުގެ ތަފާތު ގޮތްތައް ހޯދާ ދިރާސާކޮށް ބެލުމަކީ ވަރަށް މުހިންމުކަމެކެވެ. ކާމިބު ޓީޗަރަކަށް ވުމަށްޓަކައި އުނގެނުމާއި އުންގަންނައި ދިނުމުގެ ތެރޭގައި ހިމެނޭ ތަފާތު ސިފަތަކާއި ހުނަރުތައް ލިބިގަތުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. ދަރިވަރުންގެ މިޒާޖާއި ކޮންމެދަރިވަރަކީވެސް އުނގެނުމުގައި  ތަފާތު ކުއްޖެއްކަމާއި އެކުދިންގެ ބޭނުންތައް މުދައްރިސުން ދެނެގަންނަޖެހެއެވެ. އަދި ތަފާތު މިޒާޖުގެ ކުދިންނަށް އުނގަންނައިދިނުމުގައި ތަފާތު ގޮތްތައް ބޭނުންކުރަންޖެހެއެވެ. އެގޮތުން އެކިކުދިންގެ ވިސްނުމުގެ ފެންވަރުތަފާތުކަމާއި މިޒަޖާއި ކުދިންގެ ވިސްނުމާއި ސުލޫކަށް އަންނަށް ބަދަލުތައް ދެނެގަތުމަށްޓަކައި އެދިޔުކޭޝަނަލް ސައިކޮލަޖީގެ ބޭނުން މުދައްރިސުންނަށް ހިފިދާނެއެވެ.
           އެޑިޔުކޭޝަނައް ސައިކޮލަޖީއަކީ ހާއްސަ ސިފަތަކެއް ލިބިފައިވާ، އެޢިލްމުގައި ނަޒރިއްޔާތުތަކާއި ދިރާސާކުރާނެ ގޮތްތަކާއި، މައްސަލަތަކާއި މައްސަލަތައް ދެނެގަނެ ޙައްލު ކުރާނެ ގޮތްތައް ކަނޑައެޅިފައިވާ ޢިލްމެވެ. އަދި އެދިޔުކޭޝަނަލް ސައިކޮލަޖީއަކީ މައްސަލަތައް ދެނެގަތުމާއި މައްސަލަތައް ދިރާސާކޮށް ހައްލުހޯދުން ކަމުގައި ބުނެވިދާނެއެވެ.  މިޢިލްމުގެ އެންމެ ބޮޑު ބޭނުމަކީ މަދަރުސާގެ މާހައުލާއި ކުލާސްރޫމްގެ ހަރަކާތްތަކާއި ސުލޫކަށް އަންނަށް ބަދަލުތައް ދިރާސާކޮށް ހޯދުމެވެ.

           އުނގެނުމާއި އުންގަންނައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް ތަފާތު ދިރާސާތަކެއް އެޑިޔުކޭޝަނަލް ސައިކޮލަޖީގެ ތެރެއިންވަނީ ކުރެވިފައެވެ. އަދި ކިޔަވާއި ދިނުމުގައި ބޭނުނުންކުރެވިދާނެ އުސޫލުތަކާއި ތަފާތު ތިޔަރީތައްވެއެވެ. މިގޮތުން އާންމުކޮށް ބޭނުންކުރެވޭ ދިރާސާގެ ވައްތަރުތަކުގެ ތެރޭގައި ސިފަކޮށްދެވިފައިވާ ތަފްސީލީ ދިރާސާތަކާއި ކޮލޮރޭޝަން ދިރާސާތަކާއި އަދި އެކްސްޕެރިމެންޓް ދިރާސާތައް ހިމެނެއެވެ. ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ތިޔަރީތަކުގެ ތެރޭގައި ސުޓޭޖް ތިޔަރީތަކާއި އުނގެނުމާއި އުނގެނުމަށް ހިތްވަރުލިބޭގޮތް ބަޔާންކުރާ ތިޔަރީތަކާއި ކޮންޓެކްސްޗުއަލް ތިޔަރީތައް ފާހަގަކޮށްލެވެއެވެ. މިތަޔަރީތަކުގެ އަލީގައި މުދައްރިސުންނައް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ތަފާތު އުފެއްދުތެރި ހިޔާލު ހޯދިދާނެއެވެ. ިއެޑިޔުކޭޝަނަލް ސައިކޮލަޖީގެ މިދިރާސާތަކާއި ތިޔަރީތަކުގެ ބޭނުންހިފައިގެން މުދައްރިސުންނަށް އުނގެނުމާއި އުންގަންނައިދިނުމުގެ ފެންވަރު ގަަނގަޅު ކުރުމައް މަސައްކަތް ކުރެވިދާނެއެވެ.