އުނގެނުމާއި
އުގަންނައިދިނުން އަދި ތައުލީމް
ތަޢުލީމީ ނިޒާމްގެ ތެރެއިން އުނގެނުމާއި އުންގަންނައި ދިނުމުގެ ތަފާތު ގޮތްތައް
ހޯދާ ދިރާސާކޮށް ބެލުމަކީ ވަރަށް މުހިންމުކަމެކެވެ. ކާމިބު ޓީޗަރަކަށް
ވުމަށްޓަކައި އުނގެނުމާއި އުންގަންނައި ދިނުމުގެ ތެރޭގައި ހިމެނޭ ތަފާތު ސިފަތަކާއި
ހުނަރުތައް ލިބިގަތުމަކީ ކޮންމެހެން ބޭނުންތެރިކަމެކެވެ. ދަރިވަރުންގެ މިޒާޖާއި ކޮންމެދަރިވަރަކީވެސް އުނގެނުމުގައި ތަފާތު
ކުއްޖެއްކަމާއި އެކުދިންގެ ބޭނުންތައް މުދައްރިސުން ދެނެގަންނަޖެހެއެވެ. އަދި
ތަފާތު މިޒާޖުގެ ކުދިންނަށް އުނގަންނައިދިނުމުގައި ތަފާތު ގޮތްތައް
ބޭނުންކުރަންޖެހެއެވެ. އެގޮތުން އެކިކުދިންގެ ވިސްނުމުގެ ފެންވަރުތަފާތުކަމާއި
މިޒަޖާއި ކުދިންގެ ވިސްނުމާއި ސުލޫކަށް އަންނަށް ބަދަލުތައް ދެނެގަތުމަށްޓަކައި
އެދިޔުކޭޝަނަލް ސައިކޮލަޖީގެ ބޭނުން މުދައްރިސުންނަށް ހިފިދާނެއެވެ.
އެޑިޔުކޭޝަނައް
ސައިކޮލަޖީއަކީ ހާއްސަ ސިފަތަކެއް ލިބިފައިވާ، އެޢިލްމުގައި ނަޒރިއްޔާތުތަކާއި
ދިރާސާކުރާނެ ގޮތްތަކާއި، މައްސަލަތަކާއި މައްސަލަތައް ދެނެގަނެ ޙައްލު ކުރާނެ
ގޮތްތައް ކަނޑައެޅިފައިވާ ޢިލްމެވެ. އަދި އެދިޔުކޭޝަނަލް ސައިކޮލަޖީއަކީ
މައްސަލަތައް ދެނެގަތުމާއި މައްސަލަތައް ދިރާސާކޮށް ހައްލުހޯދުން ކަމުގައި
ބުނެވިދާނެއެވެ. މިޢިލްމުގެ އެންމެ ބޮޑު
ބޭނުމަކީ މަދަރުސާގެ މާހައުލާއި ކުލާސްރޫމްގެ ހަރަކާތްތަކާއި ސުލޫކަށް އަންނަށް
ބަދަލުތައް ދިރާސާކޮށް ހޯދުމެވެ.
އުނގެނުމާއި
އުންގަންނައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް ތަފާތު ދިރާސާތަކެއް އެޑިޔުކޭޝަނަލް
ސައިކޮލަޖީގެ ތެރެއިންވަނީ ކުރެވިފައެވެ. އަދި ކިޔަވާއި ދިނުމުގައި
ބޭނުނުންކުރެވިދާނެ އުސޫލުތަކާއި ތަފާތު ތިޔަރީތައްވެއެވެ. މިގޮތުން އާންމުކޮށް
ބޭނުންކުރެވޭ ދިރާސާގެ ވައްތަރުތަކުގެ ތެރޭގައި ސިފަކޮށްދެވިފައިވާ ތަފްސީލީ
ދިރާސާތަކާއި ކޮލޮރޭޝަން ދިރާސާތަކާއި އަދި އެކްސްޕެރިމެންޓް ދިރާސާތައް
ހިމެނެއެވެ. ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ތިޔަރީތަކުގެ ތެރޭގައި ސުޓޭޖް
ތިޔަރީތަކާއި އުނގެނުމާއި އުނގެނުމަށް ހިތްވަރުލިބޭގޮތް ބަޔާންކުރާ ތިޔަރީތަކާއި
ކޮންޓެކްސްޗުއަލް ތިޔަރީތައް ފާހަގަކޮށްލެވެއެވެ. މިތަޔަރީތަކުގެ އަލީގައި
މުދައްރިސުންނައް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ތަފާތު އުފެއްދުތެރި ހިޔާލު
ހޯދިދާނެއެވެ. ިއެޑިޔުކޭޝަނަލް ސައިކޮލަޖީގެ މިދިރާސާތަކާއި ތިޔަރީތަކުގެ
ބޭނުންހިފައިގެން މުދައްރިސުންނަށް އުނގެނުމާއި އުންގަންނައިދިނުމުގެ ފެންވަރު ގަަނގަޅު
ކުރުމައް މަސައްކަތް ކުރެވިދާނެއެވެ.
No comments:
Post a Comment