Thursday, May 8, 2014

            ބިހޭވިއަރަލް ލާރނިން ތިއަރީގެ އަލީގައި އުގެނުން

އުނގެނުމަކީ ވަށައިގެންވާ މާހައުލުން ނުވަތަ ތަޖްރިބާއަކުން ކުރުވާ އަސަރެއްގެ ސަބަބުން ތިމާގެ ސުލޫކަށް ނުވަތަ ޢިލްމަށް ނުވަތަ ބޭރުފުށުގެ ޢަމަލަށް ގެނުވާ ދާއިމީ ބަދަލެކެވެ. އަދި އުނގެނުމުގެ ނަތީޖާއެއްކަމުގައި ވާކަމީ މީހާގެ  ސުލޫކަށް އަންނަ ބަދަލެކެވެ. މިހެންކަމުން މިނަޒަރިއްޔާތުގައި ފާހަގަ ކުރެވޭ ގޮތުގައި އިންސާނުންގެ ސުލޫކަށް އަންނަ ބަދަލުތަައް ގުޅިފައިވަނީ އޭނާގެ މާހައުލުގައި ކުރާ ތަޖްރިބާތަކާއި ހިއްސާކުރާ ހިއްސާކުރުންތަކާއެވެ. މިތިއަރީގެ މައިގަނޑު ކޮންސެޕްޓު ގުޅިފައިވަނީ 3 ލަފްޒަކާއެވެ. އެއީ ސްޓިމިލަރ، ބިހޭވިއަރ، ރެސްޕޯސްއެވެ. އެއީ އުނގެނޭ ފަރާތުގެ (ބިހޭވިއަރއަށް) އޭނާ އުޅޭ މާހައުލުން ކުރުވާ އަސަރެއް ނުވަތަ ބާރުފޯރުވާ ކަމެއް (ސްޓިމިލަރ) އަދި އެކަމުގެ ސަބަބުން ސުލޫކަށް ނުވަތަ ވިސްނުމަށް އަދި ބިހޭވިއަރއަށް ކުރުވާ އަސަރާއެކު ފާޅުވެ ހާމަވާ ކަމެކެވެ. (ރެސްޕޯންސް) މިއީ ސްޓިމިލަރއާއި ގުޅިގެން އޭނާގެ ފަރާތުން ހާމަވާ ސުލޫކު ކަމުގައި ބެލެވިދާނެއެވެ.
ކުރީގެ އުނގެނުން ޝަރަހަކޮށްދިނުމުގެ ނަޒައްރިއްޔާތައް:

1. ކްލެސިކަލް ކޮޑިޝަން: މިއީ ވަކި ގޮތަކަށް ހޭނުވުމެވެ. އުނގެނުމުގެ މިނަޒަރިއްޔާ އެންމެ ފުރަތަމަ ދެނެގަތް ފަރާތަކީ 1920 ގެ އަހަރުތަކުގައި އިވަން ޕަވްލޯފްއެވެ. މިމޮޑެލްގައި ފާހަގަ ކުރާގޮތުގައި އެލިސިޓިން ސްޓިމިއުލަރ އެއްގެ ސަބަބުން އުގެނުން ހިނގާނެއެވެ. ޚާއްސަގޮތެއްގައި މިމޮޑެލްގައި އަންގައިދެނީ ދެސްޓިމިއުލީއެއް އެކަތި އަނެކައްޗާއި ގުޅިގެން ނަތީޖާ ނުވަތަ ރެސްޕޯންސް ހިނގާގޮތެވެ. އޭނާގެ ތަޖްރިބާތަކުގެ ތެރެއިން އުނގެނުމާއި އެންމެ ގުޅުވާ ލެވިފައިވަނީ ކުއްތާ ބޭނުންކޮށްގެން ހެދި ތަޖްރިބާތަކެވެ.
މިމޮޑެލްއަކީ ކުދިން ވަކި ގޮތަކަށް ތަރުބިއްޔަތުކޮށް ހޭނުމަށްޓަކައި، އެންމެ ތުއްތު އިރުން ސުރެން ބޭނުން ކުރެވިދާނެ ގޮތެކެވެ. އަދި ދަރިވަރުންގެ ކިބައިގައި ވަކި ސުލޫކެއް އަށަގެންނެވުމަށްޓަކައި ކްލާސްރޫގައިވެސް ބޭނުން ކުރެވިދާނެ މުހިންމު މޮޑެލްއެކެވެ. މިސާލަކަށް މުދައްރިސްް ފިލާވަޅު ކިޔާދެމުންދާއިރު 2 ކުއްޖަކު ވާހަކަ ދައްކާނަމަ، ފިލާވަޅު ހުއްޓާ އެދެކުދިންނަށް ބަލާލެވިދާނެއެވެ. މިކަމުގެ ސަބަބުން އެ 2 ކުދިންގެ ސަމާލުކަންލިބި ވާހަކަދެއްކުން ހުއްޓާލާނެއެވެ. އަދި އަބަދުވެސް ކުދިންވާހަކަ ދައްކާނަމަ ފިލާވަޅު ހައްޓާލީމަ ކުދިންގެ ސަމާލުކަން ލިބި ވާހަކަދެއްކުން ހުއްޓޭނެއެވެ.


2. އޮޕްރަންޓް ކޮންޑިޝަނިގް: މި މޮޑެލް ތަޢާރަފު ކޮށްފައިވަނީ 1983 ވަނަ އަހަރު ބޭއެފް ސްކީނާއެވެ. އިންސާނާގެ ސުލޫކުގެ ނަތީޖާއެއްގެ ގޮތުން އޭނާއަށް އިނާމެއް ނުވަތަ އަދަބެއް ލިބޭލިބުމުގެ މަގުން އޭނާއަށް ދަސްވާ ދަސްވުމެވެ. މި ގޮތައް ސުލޫކަށް ބަދަލު ގެނުވާ ދެގޮތެއް ވެއެވެ. އެއީ ރީއިންފޯރސްމެނޓް އާއި ޕަނިޝް މަންޓްއެވެ. ރީއިންފޯރސްމަންޓްގެ ސަބަބުން ވަކިކަހަލަ ސުލޫކެއް ހަރުލެއްވުމަށް ބާރުއެޅެއެވެ. މިސާލަކަށް ކުއްޖަކު ހިސާބުން ފުލްމާކްސް ހޯދުމު އެކުއްޖާއަށް ހިތްވަރުދީ ސާބަސްދިނުމެވެ.  އަދި ޕަނިޝްމަންޓުގެ ސަބަބުން ވަކިކަހލަ ސުޅޫކެއް މަދުވެ ދައްކުރެވެއެވެ. މިސާލަކަށް: ކުޅޭހިތްވާ ކުއްޖަކު، ފިލާވަޅު ނުހެދުމުން ކުޅެންދިޔުމުން މުހުރޫމް ކުރުމެވެ.

No comments:

Post a Comment