ކޮންސްޓްރަކްޓިވިސްޓް
އުސޫލުތައް
ސައިކޮލަޖިސްޓުން ކޮށްފައިވާ ގިނަ ދިރާސާތަކަކީ
ވަކި ދާއިރާއަކަށް ނުވަތަ ވަކި ކަމަކަށް ޚާއްޞަކޮށް ކުރެވިފައއިވާ ދިރާސާތަކެކެވެ.
މިދިރާސާ ތަކުގެ މައްޗަށް ގިނަ ތިއަރީތަކެއް އުފެދިފައިވެއެވެ. ނަމަވެސް
ކޮންސްޓްރަކްޓިވިސްޓްއަކީ ކުރީގެ ތިއަރީތަކުގެ މައްޗަށް އުފެދިފައިވާ
އުސޫލުތަކެކެވެ. މިތިއަރީއަށް ބޮޑަށް ނުފޫޒު ފޯރުވާފއިވަނީ ކޮގްނެޓިވް ތިއަރީގެ
ބައިތެކެވެ. ކޮންސްޓްރަކްޓިވިސްޓް ގައި ބޮޑަށް ވާހަކަ ދެކެވިފައިވަނީ ކުއްޖާގެ ވިސްނުމަށް އަންނަ ދަލުތަކުގެ
މައްޗަށެވެ. މިތިއަރީގައި ބުނާގޮތުން ނޮލެޖަކީ ކުއްޖާ އަމިއްލައަށް ބިނާކުރާ
އެއްޗެކެވެ. ދަރިވަރުން މައުލޫމާތު ދެނެގަންނަނީ ކުރިން އެގިފާ ހުރި
އެއްޗަކާގުޅުވައި އެއްކޮށްލައިގެންނެވެ. މިތިއަރީގެ ޢިލްމުވެރިން ދެކޭ ގޮތުގައި
އުނގެނުމަކީ މީހެއްގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ އެއްޗެއްނޫނެވެ. އުގެނުން
ބިނާވަނީ ދަރިވަރުން އުފެދިބޮޑުވާ މަރުހަލާތަކާއި ގުޅޭގޮތުން ވިސްނޭ ވިސްނުންތަކާެއި
ކުދިންގެ ވަށައިގެންވާ މާހައުލުން ބަދަލުކުރެވޭ އިޖުތިމާޢީ ހަރަކާތްތެރިކަމުގެ
މަށްޗަށަވެ. ކޮންސްޓްތަކްޓިވިޒްމެ ގޮތްތައް ކުލާހުގައި ގެންދާނަމަ ކުލާހުގެ
ކިޔެވުން ބިނާވާނީ ސުޑޫޑެންޓް ސެންޓާރޑްގެ މައްޗަށެވެ. މީގާ ކިޔަވައިދޭނީ ކުދިންގެ
ބައިވެރިވުން ހިމެނޭ ގޮތަށެވެ. އުނގެނޭނީ އެކުދިން އަމިއްލައަށް ކަންކަން ބަލާ
ހޯދާ އެކްސްޕީރިއަންސް ކޮށްގެންނެވެ. ޓީޗަރުގެ ދައުރަކީ ދަރިވަރުންނަށް ގައިޑް
ކޮށްދިނުމެވެ. ކޮންސްޓްރަކްޓިވިޒަމްގެ އުސޫލުތަކަކީ ކިޔަވައި ދިނުމުގައި
ބޭނުންކުރެވިދާނެ ފައިދާ ބޮޑު ގޮތްތަކެކެވެ.
No comments:
Post a Comment