Thursday, May 15, 2014

ކޮގްނެޓިވް ލާނިންގް ތިއަރީގެ އަލީގައި އުނގެނުން

    މިތިއަރީގެ ޢިލްމްވެރިން ދެކިލައްވާ ގޮތުގައި އުނގެނުމަކީ ސިކުޑީގެ މަސައްކަތެކެވެ. އެގޮތުން ވަށައިގެންވާ މާހައުލުންނާއި، ކުރެވޭ ތަޖުރިބާތަކުން އުނގެނުމަށް ވަރަށް ބޮޑު އަސަރު ތަކެއްގެނުވައެވެ. އެގޮތުން މާހަލުން އުނގެނޭ މައުލޫމާތު ގެންގޮސް ސިކުޑީގައި ޖަމާކުރެއެވެ. މިނަޒަރިއްޔާތުގައި އުނގެނުން ގުޅުވާލެވިފައިވަނީ ކުރިން އެނގިފައިވާ އެއްޗެއްގެ މައްޗަށެވެ. މިތިޔަރީ އަކީ ކިޔަވައި ދިނުމުގައި ބޭނުން ކުރެވިދާނެ މުހިންމު ތިޔަރީއެކެވެ. އެގޮތުން ފިލާވަޅެއް ފެށުމުގައި ދަރިވަރުންގެ ޕްރިއަރ ނޮލެޖް ޓެސްޓުކޮށް، ދަރިވަރުންނަށް ފިލާވަޅާބެހޭ ގޮތުން ކުރިން އެނގިފައިވާ އެއްޗަކާ ގުޅުވާލައިގެން ކިޔަވައި ދިނުމުން ފިލާވަޅު ފަހުމުވެ ދެނެގަތުމަށް ފަސޭހަ ވެގެންދެއެވެ. އަދި ވަށައިގެންވާ މާހައުލާއި ފިލާވަޅު ގުޅުވާލާ މިސާލުތައް ދެއްކުމުން ދަރިވަރުންގެ ޝައުޤުވެރިކަށް އުފެދިގެންދެއެވެ.
    މިތިއަރީގެ މައިގަނޑު މޮޑެލަކީ އިންފޮމޭޝަން ޕޮރޮސެސިން (އައި ޕީ އެމް) މޮޑެލްއެވެ.  އިންފޮމޭޝަން ޕޮރސެސިންއަށް ވަށައިގެންވާ މާހަލުން މައުލޫމާތު ވަންނަ ތިންޖާގައެއްވެއެވެ. އެއީ މައުލޫމާތު އަލަށް ރަޖިސްޓްރީ ކުރެވޭތަނާއި (ސެންސަރީ ރެޖިސްޓަރ) މައުލޫމާތު ބޭނުންކުރެވޭ ތަނާއި (ވާރކިން މެމޮރީ) މައުލޫމާތު ދިގުމުއްދަތަކަށް ރައްކާކުރެވޭތަނެ (ލޯންގްޓާމް މެމޮރީ) އެވެ. މިމޮޑެލްގައި އެއް ޖާގައިން އަނެއް ޖާގައަށް މައުލޫމާތު ބަދަލު ކުރެވޭނީ ސަމާލުކަންދީގެން، އަމިއްލަވިސްނުމަށް އެނގިފައިވާ ކަމަކާއި ގުޅުވައިގެން، ކިޔާތަކުރާރުކޮށް މުރާޖާކޮށްގެން ނުވަތަ ހަނދާނަށް ގެނެސްގެންނެވެ. މިސާލަކަށް ފިހާރައިން ބެލި ގަމީހުގެ އަގު އަލީ ހަނދާނުގައި އެބަހުއްޓެވެ. ނަމަވެސް ހަމައެފިހާރައިން ބެލި ސޯޓުގެ އަގެއް ހަނދާނަކަށް ނައެވެ. އަލީއަށް ވީގޮތަކީ ގަމީހާ މާގަޔާވެ އެގަމީހަށް ޝައުޤުވެރިކަން ދެވުނީއެވެ.

މިތިޔަރީއަކީ ކިޔަވައި ދިނުމުގައި ބޭނުން ހިފިދާނެ މުހިންމު ތިޔަރީއެކެވެ. މިތިޔަރީގައި ވާފަދައިން މުދައްރިސުންފަހަރަކު ބައެއް ހަނދާން ކޮށްދެމުން ކިޔަވައިދޭނަމަ، ކިޔަވައިދޭ އެއްޗެއް ދިގުމުއްދަތެއްގައި ހަނދާނުގައި ހުންނާނެއެވެ.


No comments:

Post a Comment