ސޯޝަލް ކޮގްނަޓިވް ތިޔަރީގެ އަލީގައި އުނގެނުން
މިތިޔަރީއަކީ ކޮގްނެޓިވް ތިއަރީއާއި ބިހޭވިއަރަލްތިއަރީ
އެކުވެގެން އެދެތިޔަރީގެ މެދުން އުފެދިފައިވާ
ތިޔަރީއެކެވެ. ބަންދޫރާ ފާހަގަ ކުރާގޮތުގައި އުނގެނުމަކީ މާހައުލުން ގެންދެވޭ
މަޢޫލަމާތު ބަދަލުކޮށް ސިކުޑީގައި އެކުމާއި ގުޅޭގޮތުން އުފައްދާ އަސަރަކުން ސުލޫކު
ވަކިގޮތަކަށް ބަދަލުވުމުވެ. މިތިއަރީގައި ބަންދޫރާ ފާހަގަކުރާ މައިގަނޑު
ކޮންސެޕްޓަކީ "ރެސިޕްރޯލަކުން ރިލޭޝަންޝިޕް" ނުވަތަ ގުޅިލާމެހިފައިވާ
ގުޅުން މިއެވެ. މިކޮންސެޕްޓުގައި އެއްބަޔެއް އަނެއްބަޔަކާ ގުޅިލާ މެހިފައިވާ ތިން
ބަޔެއްވެއެވެ. އެއީ ސުލޫކާއި މާހައުލާއި އަމިއްލަ ނަފްސުގެ އަސަރު ނުވަތަ އަމިއްލަ
ވިސްނުމެވެ. ސުލޫކަށް އަންނަ ބަދަލުތައް އަންނަނީ މާހައުލުގެ ސަބަބުން ނުވަތަ
މާހަލުން ކުރާ އަސަރުތަކުންނެވެ. މިތިޔަރީގައި ދަރިވަރުންގެ ސުލޫކަށް އަސަރުކުރުވާ
ނުވަތަ ދަރިވަރުން އުނގެނޭ ގޮތްތަކަކީ އެހެންމީހުންގެ ކޮޕީކޮށްގެން ނުވަތަ
މޮޑެލްކޮށްގެންނެެވެ. މޮޑެލިން ނުވަތަ ނަމޫނާ
ބެލުމަކީ ކުދިން ވަށައިގެން އުޅޭ މީހުން ކުރާކަންތައްތައް ބަލައި ކޮޕީކޮށްގެންް
އެކަން އެގޮތަށް މޮޑެލް ކުރެއެވެ. ނުވަތަ އެކަން ފެނުނުގޮތަށް ނަކަލު ކުރުމެވެ.
އެގޮތުން ދަރިވަރުން އެންމެ ގިނައިން ނަމޫނާއެއް ކަމުގައި ބަލަނީ މައިންބަ ފައިންނާއި
ޓީޗަރުންނެވެ. މިސާލަކަށް ގްރޭޑު އެއްކެއްގައި އުޅޭ ކުދިން އެކުދިންގެ މިސްމެން
ވަރަށް ބޮޑަށް ކޮޕީކޮށް ހަދައެވެ. އެހެންކުމުން ކިޔަވައި ދިނުމުގައި
ދަރިވަރުންނަށް ނަމޫނާ ދެއްކުމަކީ މުހިންމު ކަމެކެވެ. ނަމޫނާ ދެއްކުއްމަކީ
ކިޔަވައި ދިނުމުގައި ވަރަށް ކާމިޔާބު ގޮތެއްްކަމުގައި މިކަމުގެ ގިނަ ފަންނުވެރިން
ދެކެވަޑައި ގަންނަވައެވެ.
No comments:
Post a Comment